[ދިވެހި] ސްކްރެޗް ކޭމްޕް 2026 ----- މިއާު! ސްކްރެޗް ކޭމްޕް 2026 ފެށެން ވަރަށް ކައިރިވެއްޖެއެވެ. އަދި ތިބާއަށް ވަނީ ދައުވަތު ލިބިފައެވެ! މިއަހަރުގެ ކޭމްޕްގެ ތީމަކީ "ވަގުތުގެ ދަތުރުތައް" އެވެ. މި ކޭމްޕް ރަސްމީކޮށް ފަށާނީ ޖޫލައި 27 ވާ ހޯމަ ދުވަހުއެވެ. މިއީ ތިން ހަފުތާގެ މުއްދަތަށް ކުރިއަށްދާނެ ކޭމްޕެކެވެ. ކޮންމެ ހަފުތާއަކުވެސް ވަކި ޚާއްޞަ ތީމަކަށް ޕްރޮޖެކްޓްތައް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. މިއީ މުޅިން ހިލޭ، އަދި ކޭމްޕް ސްޓޫޑިއޯތަކުގައި ބައިވެރިވެގެން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ހަރަކާތެކެވެ.އާންމުކޮށް ކުރެވޭ ސުވާލުތައްސުވާލު: ކޭމްޕުގައި ބައިވެރިވާނީ ކިހިނެއް؟ޖަވާބު: ސްކްރެޗް ކޭމްޕް ސްޓޫޑިއޯތަކަށް ޕްރޮޖެކްޓްތައް ހަދައިގެން ބައިވެރިވެވޭނެއެވެ! ކޭމްޕްގެ ކޮންމެ ހަފުތާއަކު، މައި ސަފުހާއިން އާ ސްކްރެޗް ކޭމްޕް ސްޓޫޑިއޯއެއް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ކޭމްޕް ސްޓޫޑިއޯތަކުގައްޔާއި އެހެން މީހުންގެ ޕްރޮޖެކްޓްތަކަށް ކޮމެންޓްވެސް ކުރެވޭނެއެވެ!ސުވާލު: މިހާރުއްސުރެ ބައިވެރިވާން ފެށިދާނެތަ؟ޖަވާބު: އާދެ! މި ޕްރޮޖެކްޓް ރިމިކްސްކޮށް، ތިބާ ސްކްރެޗް ކޭމްޕަށް ތައްޔާރުވާ މަންޒަރު ހިމަނައި، ކޭމްޕް ފެށެން އުޅޭ ޚަބަރު ފެތުރުމަށް އެހީތެރިވެދޭށެވެ! ނިންމުމަށްފަހު، އަހަރެމެންގެ ކޭމްޕް ހެޑްކުއާޓާޒް ސްޓޫޑިއޯއަށް (mit.edu) މި ޕްރޮޖެކްޓް ލުމަށް ހަނދާންކުރާތި އެވެ!ކޭމްޕް ފަށާނީ 2026 ޖޫލައި 27 ވާ ހޯމަ ދުވަހުއެވެ - އެތަނުން ބައްދަލުވާނެ ކަމަށް އުންމީދުކުރަމެވެ! މިއާު! =^..^=