[ދިވެހި] ބްލާސްޓް ފްރޮމް ދަ ޕާސްޓް - ސްކްރެޗް ކޭމްޕް 2026 ----- ސްކްރެޗް ކޭމްޕްގެ ފުރަތަމަ ހަފުތާއަށް މަރުޙަބާ: ވަގުތުގެ ދަތުރުތައް! މި ހަފުތާގައި، އަޅުގަނޑުމެންގެ ޓައިމް މެޝިންތައް ސްޓާޓްކޮށް، މާضيއަށް ދަތުރުކުރާނޫއެވެ. އަދި ތާރީޚުގެ ތެރެއަށް ފީނައި، މާޒީގެ އަޖައިބުުރުވަނިވި ވަގުތުތައް ހޯދާނޫއެވެ. ޑައިނޯސަރުންގެ ދުނިޔެ ހޯދައި، ކުރީގެ ޙަޟާރަތްތަކަށް ޒިޔާރަތްކޮށް، ކުރީގެ ރަސްކަންތައްތައް ދެނެގަނެ، ސިއްރުވެރި އާސާރީ ބިނާތަކުގެ ތެރޭގައި ހިނގައި، މަޝްހޫރު ހޯދުންތެރިންނާ ބައްދަލުކޮށް، ތާރީޚު ބަދަލުކޮށްލި އީޖާދުތައް ދެކި، ނުވަތަ ޖީލުން ޖީލަށް ދެމެުން އައިސްފައިވާ ވާހަކަތައް ތަޖުރިބާކުރާށެވެ. މާޒީގެ އެތައް މިލިއަން ވަގުތުތަކެއް ހޯދުމަށް އިންތިޒާރުގައި އެބަހުއްޓެވެ. އޮތް ހަމައެކަނި ސުވާލަކީ ކޮންތާކަށް އަދި އެއަށްވުރެ މުހިންމީ، ކޮން އިރަކަށް ދާން ބޭނުންވާ ކަމެވެ!ފެށުމަށް ޚިޔާލުތަކެއް ބޭނުން ހެއްޔެވެ؟މާضيއަށް ކުރާ ދަތުރަކާ ބެހޭ އެނިމޭޝަނެއް ހަދާށެވެ. ދިޔައީ ކޮންތާކަށް އަދި ފެނުނީ ކޯއްޗެއް ހެއްޔެވެ؟ޒަމާންވީ އާސާރީ ދުވަސްވަރަކަށް ނިސްބަތްވާ ކުޅިވަރެއް އުފައްދާށެވެ.މަޝްހޫރު ހީރޯއެއް، ކުރެހުންތެރިއެއް ނުވަތަ ތާރީޚީ ޝަޚުޞިއްޔަތެއްގެ ވާހަކަ ކިޔައިދޭ އިންޓަރެކްޓިވް ވާހަކައެއް ހަދާށެވެ.ތާރީޚުގެ އެންމެ ލޯބިވާ ދުވަސްވަރާ ގުޅޭ އިންޓަރެކްޓިވް މިއުޒިއަމެއް ފަރުމާކުރާށެވެ.ޑައިނޯސަރެއްގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރާ ވަގުތުގެ ދަތުރުވެރިއެއްގެ ކުޅިވަރެއް ފަރުމާކުރާށެވެ.ޒަމާންވީ އީޖާދުކުރާ ފަރާތެއްގެ އެއް ދުވަސް ދައްކުވައިދޭ އެނިމޭޝަނެއް ހަދާށެވެ.މުހިންމު ތާރީޚީ ހާދިސާއެއްގެ އިންޓަރެކްޓިވް ޓައިމްލައިނެއް ތައްޔާރުކުރާށެވެ.ގެއްލިގޮސްފައިވާ ޙަޟާރަތެއް އުފައްދައި، އޭގެ ސަގާފަތާއި އީޖާދުތައް އަދި އާދަކާދަތައް ހޯދާށެވެ.އާސާރީ ބިނާތަކުގެ ތެރޭގައި ފޮރުވާފައިވާ ތަކެތި ހޯދުމުގެ ހަރަކާތެއް (ޓްރެޝަރ ހަންޓް) އިންތިޒާމުކުރާށެވެ.ފޮސިލް، ގަނޑުވަރު، ޕירަމިޑް، ނުވަތަ ކުރީގެ މެޕްތަކުން ހިތްވަރު ލިބިގެން ކުރެހުމެއް ކުރަހާށެވެ.ހަނދާން ބަހައްޓަވާށެވެ، މިއީ ހަމައެކަނި ޚިޔާލުތަކެކެވެ! އަމިއްލަ ޚިޔާލުތައް ނެރުމަށް ނުވަތަ ސްޓޫޑިއޯގައި ހުރި ޕްރޮޖެކްޓްތަކުން ހިތްވަރު ހޯދުމަށް މަރުޙަބާ ކިޔަމެވެ! ތިޔަބޭފުޅާ އުފައްދާނީ ކޯއްޗެއް ހެއްޔެވެ؟ =^..^=